ހަވީރު 4:00 އިން އިން ހެނދުނު 8:00 އަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގަން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކާފިއު ގަޑި އިތުރުކުރުމަށް ނިންމައި، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެއެވެ.
"ހަވީރު 4:00 އިން ފަތިހު 4:00 އަށް ހިންގުމުގެ ބަދަލުގައި ހަވީރު 4:00 އިން ހެނދުނު 8:00 އާ ހަމައަށް ކާފިއު ހިންގުމަށް މިހާރު މި އޮތީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކާފިއު ނުހިންގާ ގަޑި، ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ދޭތެރޭ ބޭރަށް ނުކުމެ އުޅުމުގައި އިތުރު ހިފެހެއްޓުންތަކެއް ހުންނާނެ ގޮތަށް ނިންމާފައިވާ ކަމަށާއި އެގޮތުން އެ ގަޑިތަކުގައި ބޭރަށް ނުކުމެވޭނީ ހުއްދައާއެކު ކަމަށެވެ.
"ގެއިން ނުކުތުމަށް ރެސިޑެންޝަލް ޕާމިޓެއް، ކޮންމެ ގޭބިސީއަކަށް ވެސް ދެ ޕާމިޓެއް ދޫކުރެވޭނެ. ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުތުމަށް، ޕާމިޓެއް ކާފިއު ނޫން ވަގުތުތަކުގައި ނުކުންނަ އިރުވެސް އޮންނަން ޖެހޭނެ. އެ ޕާމިޓް ދޫކުރެވޭނީ ދުވާލުގެ ކާފިއު ނޫން ގަޑިތައް ދެ ބަޔަކަށް ބަހާލައިގެން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ބައެއް ޕާމިޓްތައް ދޫކުރެވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓްތައް ދޫކޮށްފައި ހުންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު