ރާއްޖެ އިން ކޮވިޑް ޖެހިގެން މިއަދު ހަތް ވަނަ މީހަކު މަރުވެ، އެ ބަލީގައި ރާއްޖެ އިން މަރުވި މީހުންގެ އަދަދު 136 އަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު 2:25 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ 78 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ ދަންވަރު 2:02ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ އުމުރުން 81 އަހަރުގެ މީހެކެވ. ދެވަނަ މަރުވެފައިވަނީ ރޭ ފަތިހު 3:18ގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 77 އަހަރުގެ މީހެކެވެ. ތިންވަނަ އަށް މަރުވެފައިވަނީ 4:25ގައި އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 58 އަހަރުގެ މީހެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުފެ މީހަކާއި 85 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. މި ހުރިހާ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިއަދު ހަ ވަނަ އަށް މަރުވެފައިވަނީ ޅ. ހިންނަވަރުގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހެކެވެ. ނަމަވެސް އެކަން އަދި އެޗްޕީއޭ އިން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 136 އަކަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި 13 ބިދޭސީންނެވެ. މި މަހުގެ މިހާތަނަށް 61 މީހަކު ވަނީ މަރުވެފަަ އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.