ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް މިއަދު ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކުރިމިނަލް ކޯޓުން މިއަދު އިތުރު 15 ދުވަސް ޖަހާފައިވަނީ މުޖާޒް އަހުމަދާއި ތަހުމީން އަހުމަދާއި އަހުމަދު އަދުހަމް ރަޝީދުގެ ބަންދަށެވެ. މިއީ އެ ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރި ދެވަނަ ފަހަރެވެ.
މި ތިން މީހުންގެ ތެރެއިން ތަހުމީން އާއި މުޖާޒް ހައްޔަރު ކުރީ ހަމަލާ ދިންތާ ދެ ދުވަސް ފަހުން، މިމަހުގެ އަށް ވަނަ ދުވަހުއެވެ. ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ އަދުހަމް ހައްޔަރު ކުރީ ޖެހިގެން އައި ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުން މި ތިން މީހުންނަކީވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބައެކެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު ވަނަ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަހުމަދު ފާތިހެވެ. އޭނާގެ ބަންދަށް ބ. އޭދަފުށީ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. ފުލުހުންގެ އިންޓެލިޖެންސްގައި ކުރިން އުޅުނު ފާތިހާ ގުޅޭ މާ ގިނަ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު