ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއިލް ފަތުހީ، ކޮވިޑް ބަލީގައި އަވަހާރަވެއްޖެއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އިސްމާއިލް ފަތުހީ އަވަހާރަވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީގެ ކޮއްކޮ އިސްމާއިލް ފަތުހީއަކީ 2013 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅެކެވެ.
ރާއްޖޭގެ އެކައުޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްމާއިލް ފަތުހީއަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި 1990ގެ ކުރީކޮޅުން ފެށިގެން ވެރިކަން ނިމުމާ ހަމައަށް އޮޑިޓާ ޖެނެރަލް މަގާމު ފުރުއްވި ބޭފުޅެކެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފު ލިބިވަޑައިގެންނެވި އިސްމާއިލް ފަތުހީއަކީ ކުރީގެ އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީގެ ކޮއްކޮއެވެ.
ރާއްޖޭގެ އެކައުޓިން ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އިސްމާއިލް ފަތުހީއަކީ 1990ގެ ކުރީކޮޅުން ފެށިގެން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމާ ހަމައަށް އޮޑިޓާ ޖެނެރަލް މަގާމު ފުރުއްވި ބޭފުޅެކެވެ.
ކޮވިޑު ބަލީގައި މިއަދު ވަނީ ތިން މީހަކު މަރުވެފައެވެ. ކޮވިޑް ބަލީގައި މިއަދު މަރުވި ފުރަތަމަ ދެ މީހުންނަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ދެ މީހެކެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަނަށް 53 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 126 މީހުންގެ ތެރޭގައި ހިމެނެނީ 113 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު