އަންނަ ބުދަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމުގެ މަޝްރާތައް ކުރަމުން އަންނަ ކަމަށެވެ.
"މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރުވެސް މަޝްވަރާ ކުރަމުން އެބަދޭ. ނަމަވެސް ލޮކްޑައުންގެ ހާލަތަށް ނުދާނެ" މަބްރޫކް ވިދާޅުވިއެވެ.
އިތުރު ފިޔަވަޅުތައް އަޅާނެކަން މަބްރޫކް ވިދާޅުވި ނަމަވެސް އަޅާނެ ފިޔަވަޅުތަކެއް މަބްރޫކް ވިދާޅެއް ނުވެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން މަޝްވަރާކުރަމުން އަންނައިރު މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ރެކޯޑް މިންވަރަކަށް އިތުރު ވެފައެވެ. އެެއާއެކު މިހާރުވެސް ވަނީ މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު