ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ޖުމުލަ އަދަދު 124 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑު ޖެހިގެން މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ އެބަލީގައި މިއަދު މަރުވި ފުރަތަމަ މީހާއެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 51 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 124 މީހުންގެ ތެރޭގައި ހިމެނެނީ 111 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު