އައްޑޫ ފްލައިން ސްކޫލު، އޭޝިއަން އެކެޑަމީ އޮފް އެރޮނިޓިކްސް (އޭއޭއޭ)ގެ ހެޑް އޮފް ޓްރެއިނިންއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ އަތުލަން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑް ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަ އަތުލަން ނިންމީ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި އަދި ކިޔެވުން ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފްލައިން ސްކޫލުގެ މެނޭޖުމަންޓުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ކަމަށެވެ.
އެހެންކަމުން މާދަމާ އިން ފެށިގެން އޭނާއަށް ދޫކޮށްފައިވާ ހުއްދަ އަތުލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، ފްލައިން ސްކޫލުގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލުގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެމަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަވެސް އަތުލާނެކަމުގެ އެންމެ ފަހުގެ އިންޒާރު ލިޔުމުން ދީފައިވާނެ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކޯސްތައް ދިގުލައިގެން ދިއުމާއި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އެ ސްކޫލުގެ ދަރިވަރުން ކުރަމުންދާ އިރު، އެ ޝަކުވާތައް ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އެ ސްކޫލަށް އަންގާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ރަނގަޅުކޮށްފައެއް ނުވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު