ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 118 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 10:54 ގައި މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑުގައި މިއަދު މަރުވި ދެވަނަ މީހާއެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 45 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 118 މީހުންގެ ތެރޭގައި ހިމެނެނީ 105 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު