ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 114 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 6:52 ގައި އޭޑީކޭ އެމަޖެންސީއަށް ދިޔަ އުމުރުން 62 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ ކޮވިޑަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލް ޕޮޒިޓިވްއެވެ. މި މަރާއެކު ރާއްޖޭގައި ކޮވިޑު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 114 އަށް އަރައިފައެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 41 މީހަކު ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 114 މީހުންގެ ތެރޭގައި ހިމެނެނީ 101 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު