ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން ދިޔަ ތިން މީހަކު މަރުވެ، މިއަދު މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި އެވެ.
މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނަކާއި ފިރިހެނަކާއި އިންޑިއާ ފިރިހެނެކެވެ. މިއާއެކު މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މި ވަނީ 111 އަށް އަރާފަ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 8:44 ގައި ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 51 އަހަރުގެ އިންޑިއާ މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ހެނދުނު 8:30 ގައި 63 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ މަރުވެފަ އެވެ.
މިއަދުގެ މިހާ ތަނަށް ހަ މީހަކު މަރުވެފައިވާއިރު އެންމެ ފުރަތަމަ މަރުވެފައިވަނީ ލާމު ގަމު ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭގެ ފަހުން އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އަންހެނަކު މަރުވެފައިވާއިރު އައިޖީއެމްއެޗަށް މަރުވެގެން ގެންދިޔަ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު