ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 105 އަށް އަރައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން ދިޔަ އުމުރުން 66 އަހަރުގެ އަންހެނަކު މިރޭ 9:00 ގައި މަރުވެފައިވާ ކަމަށެވެ. މިއީ ބަލީގައި މިއަދު މަރުވި ދެވަނަ މީހާއެވެ. އަދި އެ މަރާއެކު ރާއްޖޭގައި ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 105 އަށް އަރައިފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 32 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 105 މީހުންގެ ތެރޭގައި ހިމެނެނީ 94 ދިވެހިންނާއި 11 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.