ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުރައްކަލެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އިމާރާތުގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު މީޑިއާތަކަށް ވިދާޅުވީ މަޖިލިސް އިދާރާއަށް ނުރައްކަލެއް އޮތް ކަމަށް ރޭގެ ވަގުތެއްގައި މައުލޫމާތު ލިބުނު ކަމަށެވެ. އެހެންކަމުން އެ އިދާރާ އާއި އެ އިދާރާގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކޮށްފައިވާ ކަމަށާއި އަދި މިހާލަތަށް ބަލައި ސެކިއުރިޓީ ކަންކަން ދާނީ ބަލަހައްޓަމުން ކަމަށް ވިދާޅުވިއެވެ.
މިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެއްވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު މިހާރު ހުންނެވީ ޖަރުމަނުގައެވެ.
މި ހަމަލާއަށްފަހު ރާއްޖޭގެ އެކި ސަރަހއްދުތަކުގައި ހަތިޔާރާއެކު ސިފައިންނާ ފޯރިމަރަމުންދާ އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ނުރައްކަލެއް އޮތް ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެއާޕޯޓުގެ ސެކިއުރިޓީވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު