ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރީންނަށް ޓޫރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި އޮތް އޮތުން ރިވިއު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެ, ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓު ވިސާ ދިނުން އޮތީ ހުއްޓާލައިފައެވެ. އަދި އޭގެ ކުރިން އެގައުމުތަކާއި ސަރަހައްދުތަކުގެ މަސައްކަތްތެރިން ރާއްޖެ އެތެރެވުންވެސް އޮތީ މަނާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ, ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުން ހުއްޓާލާފައި އޮތް އޮތުން މިމަސް ނިމުމުގެ ކުރިން ރިވިއު ކުރާނެ ކަމަށެވެ. އަދި ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އަންނަ ޖޫން މަހުގެ ކުރީކޮޅު ލުއިތަކެއް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދޫކުރުން ސަރުކާރުން ހުއްޓާލީ, މިދުވަސްވަރު ކޮވިޑް އެންމެ ގަދައަށް ފެތުރެމުންދަނީ އެ ސަރަހައްދުގައި ކަމަށް ވާތީ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯހެވެ.
ޚަބަރު
ޚަބަރު
ޚަބަރު