ކޮވިޑަށް ނެގަޓިވް އަދި ޕޮޒިޓިވް ވިޔަސް، ދެން މެސެޖުންވެސް އެނގޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މި ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން ނަތީޖާ ލިބުމުގެ އަދި ނަތީޖާ ލިބުމަށް ފަހުވެސް ޕޮޒިޓިވްކަން އެންގުމުގައި ބެކްލޮގެއް އުޅޭ ކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވްވުމުންވެސް އަދި ނެގެޓިވްވުމުންވެސް ދެން ކުރާނީ ޓެކްސްޓް މެސެޖެއް ކަމަށް ވިދާޅުވިއެވެ. ޓެކްސްޓް މެސެޖެއް ކުރި ނަމަވެސް ޕޮޒިޓިވް މީހުންނަށް އެޗްޕީއޭއިން ގުޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައި މިވަނީ، ޕޮޒިޓިވްވުމުންވެސް އަދި ނެގެޓިވްވުމުންވެސް އެކަން ޓެކްސްޓް މެސެޖަކުން ފޯނަށް ދާ ގޮތަށް. ފޯނަށް ދާ މެސެޖުގައި އިންނާނެ ލިންކެއް. އެ ލިންކު ހުޅުވާލުމުން އެމީހެއްގެ ނަތީޖާ ފެންނަ ގޮތަށް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން އޮންނަ ގޮތުން ނަމަ ޕޮޒިޓިވްވާ މީހުން ޕޮޒިޓިވްކަން އެންގުމަށް އެޗްޕީއޭއިން ގުޅައެވެ. މެސެޖަކުން ނަތީޖާ ލިބެނީ ނެގެޓިވްވާ މީހުންނަށް އެކަންޏެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ލީގަލް ޑޮކިއުމަންޓް ދިނުމުގައިވެސް ލަސްތަކެއް އުޅޭ ކަމަށާއި އެގޮތުން މިހާތަނަށް 430 މީހުންގެ ޑޮއުމަންޓް ޕެންޑިންގައި އެބަހުރި ކަމަށެވެ. އެޗްޕީއޭއިން މަސައްކަތް ކުރަނީ ލީގަލް ޑޮކިއުމަންޓުތައް ދެ ދުވަސް ތެރޭގައި ދެވޭ މިންވަރަށް ކެޕޭސިޓީ އިތުރުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު