މިވަގުތު 12،013 ދިވެއްސަކާއި 2،552 ބިދޭސީން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި 15،958 މީހަކު އެބަތިބި ކަމަށާއި އޭގެ ތެރެއިން 12،013 މީހުންނަކީ ދިވެހިން ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ދިވެހިން ފިޔަވައި އެންމެ ގިނައިން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ. އެގޮތުން އެގައުމުގެ 1،370 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ދެން މި ހިމެނެނީ އިންޑިއާގެ 803 މީހަކު، ނޭޕާލްގެ 174 މީހަކާއި ވަކިވަކި ބައެއް ގައުމުތަކުގެ މީހުން." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާނުން ކަމަށެވެ. އެގޮތުން 7،000 އަށްވުރެ ގިނަ ޒުވާނުން ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 44،523 މީހަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު