ހއ. ދިއްދޫ ގައި ކޮވިޑް ޖެހިގެން މިއަދު ހެނދުނު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ، މިއަދު ހެނދުނު ދިއްދޫ ގައި ހުންނަ ހދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 83 އަހަރުގެ އަންހެނަކު 8:45 ގައި މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ކޮވިޑް ޖެހިގެން ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް ވަން އިން ގުޅި އިރު އެ ހޮސްޕިޓަލުގެ ޒިންމާދާރު އިސްވެރިޔާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ދިއްދޫގެ މި މަރާ އެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މި ވަނީ 94 އަށް އަރާފަ އެވެ. އަދި މިއީ މިއަދު މި ބަލީގައި ރާއްޖެއިން މަރުވެ ދެވަނަ މީހާ އެވެ.
އިއްޔެ އެކަނިވެސް ރާއްޖެއިން މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 94 މީހުންގެ ތެރޭގައި ހިމެނެނީ 83 ދިވެހިންނާއި 11 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު