ދ. ކުޑަހުވަދޫން އިތުރު ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަހުވަދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ކެސްއާ ގުޅިގެން އިތުރު ސާމްޕަލްތަކެއް ނަގައި ވަނީ ޓެސްޓުކޮށްފައެވެ.

ދ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު އެރަށުން އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ.

ނަމަވެސް އެރަށް އަދިވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.

ކުޑަހުވަދޫ ވަނީ މިދިޔަ މާޗް މަހުވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އޭރު އެރަށް މޮނީޓަރިންއަށް ގެނައީ ދާލު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މޮނީޓަރިންގެ ހާލަތު އުވާލާފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ.