ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުޅުދުއްފުށި ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދައްކައި ސާމްޕަލް ނެގި 34 އަހަރުގެ އަންހެނެކެވެ.
އެ އަންހެން މީހާ ޕޮޒިޓިވްވުމުން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފުލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ، މިމަހުގެ ދެވަނަ ދުވަހުވެސް ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެ ސިޓީ އާންމު ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކުޅުދުއްފުށި ސިޓީ ހިމެނޭހެން 38 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު