އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންދިޔަ ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރު ނުވާ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންގޮސްފައިވަނީ ސިފައިންގެ މީހެކެވެ.
އެމީހާ އަންހެން ކުއްޖާ ގޮވައިގެން ގެސްޓް ހައުސް ތެރޭގައި ތިއްބައި ރައްޔިތުން ވަނީ އެ ސަރަހައްދަށް އެއްވެ، އަޑުގަދަކޮށްފައެވެ.
އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމީހާ ހައްޔަރުކުރި ކަމެއް ސާފެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫމްކޮށްގެން ގެންދިޔަ އަންހެން ކުއްޖާ އަދިވެސް ހުރީ ފުލުހުންނާއެކު އެ ގެސްޓް ހައުސްގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު