ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ހަތަރު މީހަކު ޕޮޒިޓިވްވެ، ބ. ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކައުންސިލް މެމްބަރު މުހައްމަދު ތައުރީފް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މިއަދު ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން މިރޭ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ހުން އައިސްގެން ހެލްތު ސެންޓަރަށް ދެއްކި ހަތަރު މީހެއް ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައިރިސްކް އެކަކުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ތައުރީފް ވިދާޅުވީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި އަޅާނެ އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުން މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު