ވެލިދޫ ފެސިލިޓީގައި ކަރަންޓާއި ފެނުގެ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ފެނާއި ކަރަންޓުގެ މައްސަލަތަކެއް މިއަދު ކުރިމަތިވެފައިވާ ކަމަށެވެ.
"އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ފެނުގެ ހިދުމަތް މިއަދު ފަތިހުގެ ވަގުތެއްގައި، އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިވި. ބޮޑަށް މި ބެލެވެނީ ޖަނަރޭޓަރުގެ މައްސަލައެއް ކަމަށް،" ނާސިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ، އެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަންގައި އެދިފައިވާނެ ކަމަށާއި ފެނަކައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވެލިދޫގެ އިތުރުން މިހާރު ފަރުކޮޅުފުށި ވެސް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އަންނަނީ ބޭނުންކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު