ރާއްޖޭގައި ތިބީ 804 ޑޮކްޓަރުން އަދި 2،279 ނަރުހުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ތިބި ސިއްހީ ހިދުމަތްތެރީންގެ 55 އިންސައްތަ ހާއްސަކޮށްފައިވަނީ ކޮވިޑަށް ފަރުވާކުރުމަށް ކަމަށެވެ.
"އެގޮތުން ރާއްޖޭގައި ސްޕެސެލިސްޓް ޑޮކްޓަރުންގެ ތެރެއިން މާލޭގައި 90 ޑޮކްޓަރުން އަތޮޅުތެރޭގައި 159 ޑޮކްޓަރުން، އެބަތިބި. މެޑިކަލް އޮފިސަރުންގެ 238 މެޑިކަލް އޮފިސަރުން މާލޭ ސަރަހައްދުގައި ތިބިއިރު އަތޮޅުތެރޭގައި 327 އެބަތިބި،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖޭގައި 2،279 ނަރުހުން އެބަތިބި ކަމަށާއި 196 ކޮމިޔުނިޓީ ހެލްތު ވޯކަރުން އެބަތިބި ކަމަށެވެ. އަދި 305 ލެބް ޓެކްނީޝަނުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑުގެ ނަންބަރުތައް މައްޗަށްދާ އިރު، ސިއްހީ ހިދުމަތްތެރީންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި ސިއްހީ ހިދުމަތްތެރީން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު