ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހްގެ މަންމާފުޅު މޫމިނާ ހުސައިން ފުޅު (77 އ) ކޮވިޑަށް ޕޮޒިޓިވްވެ، މިވަގުތު އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާގައި ފަރުވާދެމުންނެވެ.
ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެމަނިކުފާނުގެ އަނބިކަނބަލުން، އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވަނީ ވަރަށް ފަހުން ކޮވިޑު ޖެހި، ރަނގަޅުވެފައެވެ. ފަސްޓް ލޭޑީ ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް ސޯލިހާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން ކޮވިޑަށް ޓެސްޓު ކުރެއްވިއެވެ. ނަމަވެސް އެ ބޭފުޅުންގެ ނަތީޖާ ނެގެޓިވްއެވެ.
މެޑަމް ފަޒްނާގެ އިތުރުން އެކަމަނާގެ ޅިޔަނު އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އޭނާގެ އަނބިކަނބަލުންވެސް ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު