ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 84 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދިޔަ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ މިއަދު ހެނދުނެވެ.
މިމަހުގެ މިހާތަނަށް ކޮވިޑު ބަލީގައި ޖުމުލަ 11 މީހަކު ވަނީ މަރުވެފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބަލީގައި އެ ދުވަހު ހަތް މީހަކު މަރުވިއެވެ.
ކޮވިޑު ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 73 ދިވެހިންނާއި 11 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ އަށް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު