ނުހައްގު މުއްސަދިކަމަކީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބަކީ 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅައި، ގާނޫނުލް އުގޫބާތަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްސީގު ކުރައްވައިފިއެވެ.
ގާނޫނުލްއުގޫބާތަށް މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި އަނޑައަޅައި އެކުށް ސާބިތު ވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމުގައިވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއް ކުރި ކަމުގައި ނިންމަވާ ހަމަތަކާއި އުސޫލުތައްވެސް މި އިސްލާހުގައި ހިމެނިގެންވެއެވެ.
މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފަށާނެ އެވެ.
މި ބިލުގައި ބުނެފައި ވަނީ ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެހެން ކަމުން އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ.
އެނޫން ހާލަތްތަކުގައި އެ ކުށަކީ ޖިނާއަތުގެ ތިންވަނަ ދަރައިގެ ކުށެއްކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު