މަދަނީ އިޖުރާއަތުގެ ބިލުގެ މަސައްކަތްތައް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ލަސް ކުރާ ކަމަށް، ރައީސް އޮފީހުގެ ލީގަލް ކައުންސިލް، އަހުމަދު އަބްދުﷲ އަފީފު ކުރެއްވި ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އެ ކޮމެޓީން ދެންމެ ބުނެފިއެވެ.
މީގެ އަހަރު ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި، މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހުން ނިންމާފައިނުވުމަކީ، އިންސާފުވެރިކަމާއެކު ގެއްލުމުގެ ބަދަލު ދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމެއް ކަަމަށް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފު ރޭ ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ކޮމިޓީގެ މުގައްރިރު، މާފަންނު އިތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތަކުގެ ސަބަބުން އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަންކަން ލަސްވަނީ އެކަމާ ގުޅޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވާތީ ކަމަށެވެ.
އެގޮތުން އިންތި ވިދާޅުވީ، އަފީފު ފާހަގަކުރެއްވި މަދަނީ އިޖުރާއަތުގެ ބިލު މަޖިލީހަށް ފުރަތަމަ ފޮނުއްވީ އެކި ބައި ބަޔަށް ކަމަށާއި އޭގެ ތެރޭގައި ނުބައި ވާޝަންތައް ހިމެނުމާއެކު އެކި ފަހަރު މަތިން އޭގެ ފުރިހަމަ ބިލު މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލްގެ އޮފީހުން އަހަރެއްހާ ދުވަސް ނެގި ކަމަށެވެ. އެންމެ ފަހުން އޭގެ ފުރިހަމަ ބިލެއް މަޖިލީހަށް ފޮނުއްވީ، 4 ނޮވެމްބަރު 2020 ގައި ކަމަށް އިންތި ވިދާޅުވިއެވެ.
"ކޮމިޓިއަށް ބިލު ލިބުނީ 12 ފެބްރުއަރީ 2020 ގައި އެ ބިލު ދިރާސާކުރަން ފަށާފައި ވަނިކޮށް، ބަންޑާރަ ނާއިބު އޮފީހުން ރިކުއެސްޓު ކުރި އެއީ ރަނގަޅު ވާޝަނެއް ނޫން ކަމަށް. ދެން ބުނެފި ރަނގަޅު ވާޝަން މަޖިލީހަށް ފޮނުވައިދޭނެ ކަމަށް. އެގޮތުން 14 ޖުލައި 2020 ގައި ފުރަތަަ ބައި މަޖިލީހަށް ފޮނުވި. އެއީ ފުރަތަަ ބާބާއި ދެވަނަ ބާބު، އެއަށްފަހު 20 ޖުލައި 2020ގައި އެބިލަށް ސަރުކާރުގެ ފަރާތުން ކޮމެންޓަށް ފޮނުވައި، އާއްމުންނަށް ކޮމެންޓް ކުރުމަށާއި ހިޔާލު ހުށަހެޅުމަށް ހުޅުވައިލިން، 13 އޮކްޓޫބަރު 2020ގައި ބިލުގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނިކޮށް، 18 އޮކްޓޫބަރު 2020ގައި އެ ބިލު އެއްކޮށް ނިންމައި ރަނގަޅު ވާޝަން ފޮނުވާނެ ކަމަށް އޭޖީ އޮފީހުން ބުނީ. ނަމަވެސް އެ ތާރީހުގައި ބިލު ނުފޮނުވުމުން ކޮމިޓީގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދުނު. ކޮމިޓީން ނިންމީ ބިލުގެ ރަނގަޅު ވާޝަން ނުފޮނުވުމުން ބިލު ދިރާސާ ކުރެވެން ކަމަށް ބިލު މަޖިލީހުން ބޭރުކޮށްލަން ތަޅުމަށް ނުފޮނުވީ. ސަރުކާރު އިންބެރެސްމެންޓަކަށް ހިނގައިދާނެތީ، އެއަށްފަހު 20 އޮކްޓޫބަރު 2020 ގައި ބިލު ފޮނުވުނީ ޗެޕްޓާއެއް މަދުން ކަމަށްވާތީ 25 އޮކްޓޫބަރު 2020 ގައި ފޮނުވާނަމޭ ބުނި. އެއަށްފަހު 28 އޮކްޓޫބަރު 2020ގައިވެސް ތާރިހު ދެއްވި، އެންމެ ފަހުން ބިލުގެ ރަނގަޅު ވާޝަން ފޮނުވީ ހަތަރެއް ނޮވެމްބަރު 2020 ގައި،"
އިންތި ވިދާޅުވީ، އެ ދުވަސްވަރަކީ މަޖިލިސް ރިސެސްއަށް ދިއުމަށްޓަކައި ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދިޔަ ވަގުތު ކަމަށާއި ނަމަވެސް އެކަމަށް ހާއްސަ ކޮށްގެން ޖުޑީޝަރީ ކޮމީޓީގެ ބައްދަލުވުންތައް ޕެންޑަމިކުގެ ތެރޭގައި ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ބިލުގެ އިތުރުން އިންސާފު ހޯދައި ދިނުމަށް ބޭނުންވާ އެތައް ގާނޫނަކާބެހޭ ބިލުތައް މަޖިލީހުގެ މިއަަހަރުގެ ފުރަތަމަ ދައުރަށް ފޮނުވާނެ ކަމަށް އޭޖީ އޮފީހުން ވިދާޅުވި ނަމަވެސް އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ރިސެސްއަށް ދިޔައިރުވެސް އެކަން ކޮށްފައިނުވާ ކަމަށް އިންތި ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ދައުރަށް 33 ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މަޖިލީހަށް ފޮނުވާފައި ވަނީ އެންމެ ހަތް ބިލު ކަމަށެވެ. އޭގެ ތެރޭގައިވެސް ބައެއް ގާނޫނުތައް އުވާލަން ހުށަހަޅާފައިވާ ހަަތަރު ފޮޅުވަތުގެ ކުދި ކުދި ބިލު ހިމެނޭ ކަަމަށް ވިދާޅުވިއެވެ.
އިންތި ވިދާޅުވީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރި އިރު، ވައުދުވި ލެޖިސްލޭޓީވް އެޖެންޑާގެ ބައެއް ބިލުތައްވެސް މަޖިލީހަށް ނާންނަ ކަމަށެވެ. އެއީ ސަރުކާރާއި އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި އިންސާފު ގާއިމުކުރަން ބޭނުންވާ މުހިންމު ބިލުތަކެއް ނަމަވެސް އެ ބިލުތައް މަޖިލީހަށް އައިސްފައި ނުވުމަކީވެސް އިންސާފު ލިބުމަށް ދިމާވާ ދައްޗެއް ކަމަށެވެެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި 33 ބިލުގެ ތެރޭގައި ސަރުކާރާއި އެމްޑީޕީގެ ވައުދުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެތްކާބެހޭ ބިލު ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލު ހިމެނޭ އިރު، މި ނިމުނު ދައުރަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނި މުހިންމު ބިލުތަކެއް ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ، މަޖިލީހަށް ފޮނުވާ ބިލުތައް ލަސްވެގެން އިންސާފު ލިބުމަށް ދަތިވާ ވާހަކަ އަހުމަދު އަބްދުﷲ އަފީފު ދެއްކެވި އިރު، އޭނާގެ އިތުބާރާމެދު ސުވާލު އުފެދޭ ކަަމަށެވެ.
އެއީ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާގެ ބަދަލެއް ދިން މައްސަލަ ދިފާއު ކުރާ އިރު، އޭނާއަކީ މަންދު ތަމްސީލު ކުރާ ލީގަލް ފާމްގެ ބޭފުޅެއް ކަމަށާއި ސަރުކާރުގެ ސެޓްލް މެންޓް ކޮމިޓީގެ މެންބަރެއްގެ އިތުރުން އޭނާއަކީ މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ)ގެ ޅިޔަނަކަށްވާތީ ކަމަށްވެސް އިންތި ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ