ވޯކްޕާމިޓް ކާޑު ނެތި އެއްރަށުން އަނެއްރަށަށް ދަތުރުކޮށް، މުދާ އުފުލައި، ވިޔަފާރި ހިންގައި، ކަޑަތައް ހިންގައި، ރުއްދަނޑުތައް ގަނެ ހަދަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ އިހުމާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީގެ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލު ކުރުމަށްޓަކައި، ހުށަަޅާފައިވާ ހުށަހެޅުންތަކުގެ ތެރެއިން، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ އެއް މޭޒުން އަނެއް މޭޒަށް ބަދަލުވާ ގޮތަށް، އިދާރީ ހިންގުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
މިހާރުން މިހާރަށްވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހަކީ، ވޯކްޕާމިޓާއި ވިސާ ނެތް ބިދޭސީން އެއްރަށުން އަނެއް ރަށަށް ދަތުރު ނުކުރެވޭ ގޮތް ހެދުން ކަމަށް މެންބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި، އެމީހަކީ ކާކުކަން ނޭނގޭ މީހެއް ނަމަ ކަނޑުމައްޗަށް ނާރުވާނެ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި އެގޮތަށް ދަތުރުކުރާ މީހުންނަކީ ބިދޭސީއެއްތޯ ނުވަތަ ދިވެއްސެއްތޯ ވެސް ބަލައި ނުލާ ކަމަށާއި، އެހެން ކަމުން ބިދޭސީންނަށް ވެސް ބޭނުން ރަށަކަށް ބޭނުން ގޮތަކަށް ދަތުރު ކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެކަމުގެ ސަބަބުން އެކި ހާދިސާތަކުގައި މަރުވާ ބައެއް މީހުންނަކީ ކޮންބައެއްކަން ނޭނގޭ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު