އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ 70،000 ޓެކްސް މެސެޖު ހިމެނޭ ޕެންޑްރައިވް ތަހުގީގު ކުރަން ބައިނަލް އަގްވާމީ އޮޑިޓް ކުންފުނި ގްރާންޓްތޯންޓަން އާ ހަވާލު ކުރެއްވި ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ސަރުކާރުން އެދިގެން ކަމަށް އެފަރާތުން ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާނާގުޅޭ ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލައާގުޅޭ، 70،000 ޓެކްސްޓް މެސެޖު ހިމެނޭ ޕެން ޑްރައިވް އެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް

ފޮނުވާފައިވާ ކަމަށެވެ.

އެ ޕެންޑްރައިވް ވަނީ މަޖިލީޙުގައި އަރުޝީފު ކުރެވިފައި ކަމަށާއި، ބައިނަލްއަގުވާމީ މާހިރުން ބޭނުންކޮށްގެން މަޖިލިސް މެންބަރުން އެ މައްސަަލަ ބަލަން ބޭނުންނަމަ އެކަން ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެއީ ފޮރެންސިކް އެކައުންޓެންޓުންނަކީ ދުނިޔޭގައި މިހާރު ވަރަށް ކާމިޔާބު ކަމާއެކު މި ބާވަތުގެ ކަންކަން ވަރަށް ފަސޭހައިން ކުރައްވަ އި ހޯއްދަވާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، 2010 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި މި ބާވަތުގެ ފޮރެންސިކް އެކައުންޓެންސީ މަސައްކަތެއް، ބައިނަލް އަގުވާމީ ފޮރެންސިކު އޮޑިޓް ކުންފުންޏެއް ކަމަށްވާ ގްރާންޓް ތޯންޓަން އާ ދިވެހި ސަރުކާރުންހަވާލު ކުރި ކަމަށެވެ.

އެކުންފުނިން އެކަމުގެ މަސައްކަތްތައް ކުރަމުން ގެންދިޔަކީ، ހޯދާ ފައިސާއިން އެ ފަރާތަަށް އެއްޗެއް ދޭގޮތަށް، އެއްވެސް އުޖޫރައަކާ ނުލައި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭރުގެ ސަރުކާރު ބަދަލު ވުމުން އެ ކުންފުންޏަށް ފަސް މިލިޔަން، ނުވަތަ ދިހަ މިލިޔަން، ޑޮލައު ދިނުމަށް ފަހު މަސައްކަތް ހުއްޓުވީ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ ބެލުމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅޭ 70،000 ޓެކްސްޓް މެސެޖު ހިމެނޭ ޕެން ޑްރައިވް ވެސް ގްރާންޓް ތޯންޓަންއާ ހަވާލު ކުރެއްވި ކަމަށެވެ.

ނަމަވެސް އޭގައި ހިމެނޭ ބައެއް މަސައްކަތްތައް ކުރުމަށްފަހު، އެކަމަކީ ސަރުކާރުތަކާ ގުޅިގެން ނޫނީ ހިންގާ ބާވަތުގެ މަސައްކަތެއްނޫންކަަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ސަރުކާރުން އެދިގެން ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެކަމަށް އެދެން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް އެ ކލުންފުނިނ ްބުނެި ކަމަށްވެސް ވިދާޅުވިއެވެ.