އެމްޓީސީސީން ހއ. ހދ. އަދި ށ. އަތޮޅަށް ހާއްސަ 70 ވަޒީފާއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ބުނީ ހއ. ހދ. އަދި ށ. އަތޮޅަށް ހާއްސަކޮށްގެން ހުޅުވާލާފައިވާ ވަޒީފާތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ. އަދި އެ 70 ވަޒީފާގެ ތެރެއިން 50 ޕަސެންޓް އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެމްޓީސީސީން ހުޅުވާލާފައިވަނި ފެރީ ކޮންޑަކްޓަރުގެ ވަޒީފާއަށާއި ސްޕީޑްބޯޓް ކެޕްޓަންގެ ވަޒީފާއަށެވެ. އެގޮތުން 36 ފެރީ ކޮންޑަކްޓަރުންނާއި 34 ސްޕީޑްބޯޓް ކެޕްޓަނުން ހޯދަން ވަނީ އިއުލާންކޮށްފައެވެ.

މި ވަޒީފާތަކުގެ މުސާރައަކީ 10،000 ރުފިޔާއެވެ. އޭގެ އިތުރަށް ސްޓާފް މެޑިކަލް އިންޝުއަރެންސް އަދި ޕެންޝަން ސްކީމްވެސް ހިމެނެއެވެ.

  • ހއ. ތުރާކުނު (3)
  • ހއ އިހަވަންދޫ (3)
  • ހއ. މުޅަދޫ (3)
  • ހއ. ކެލާ (3)
  • ހދ. ހަނިމާދޫ (9)
  • ހދ. ހިރިމަރަދޫ (3)
  • ހދ. ނައިވާދޫ (2)
  • ހދ. ވައިކަރަދޫ (2)
  • ށ. ކަނޑިތީމު (2)
  • ށ.ފީވަށް (2)
  • ށ. މާއުނގޫދޫ (2)
  • ށ. ފުނަދޫ (2)
  • ސާނަވީ ތައުލީމު ހާސިލުކޮށްފައިވުން
  • ކަސްޓަމަރުންނަށް އިހުތިރާމާއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން
  • ހއ. ތުރާކުނު (2)
  • ހއ އިހަވަންދޫ (2)
  • ހއ. މުޅަދޫ (2)
  • ހއ. ކެލާ (2)
  • ހދ. ހަނިމާދޫ (6)
  • ހދ. ހިރިމަރަދޫ (2)
  • ހދ. ނައިވާދޫ (3)
  • ހދ. ވައިކަރަދޫ (3)
  • ށ. ކަނޑިތީމު (3)
  • ށ.ފީވަށް (3)
  • ށ. މާއުނގޫދޫ (3)
  • ށ. ފުނަދޫ (3)
  • ދޯނި ދުއްވުމުގެ ލައިސަންސް އޮތުމާއެކު ލޯންޗު ދުއްވުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވުން
  • ކަސްޓަމަރުންނަށް އިހުތިރާމާއެކު މުއާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން

އެމްޓީސީސީން ބުނީ މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން އެދޭ ކަމަށެވެ.