ކ. ދިއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި މިއަދު ފެނުނު އިންޑިއާ ފަތުރުވެރިޔާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ދިއްފުށި ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވަނީ މިއަދު މެންދުރެވެ. މަރުވެފައި އޮއްވައި ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ފުލުހުން މިރޭ ބުނީ ދިއްފުށި ފަޅުތެރޭގައި މަރުވެފައި އޮތްވައި ފެނުނު މީހާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެމީހާއަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އެރަށު ގެސްޓް ހައުސެއްގައި ކަރަންޓީން ފުރިހަމަ ކުރަމުންދިޔަ މީހެއް ކަމަށެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަރުވެފަިއ އޮއްވައި ފެނުނު މީހާ ކޮވިޑަށް ޓެސްޓު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެމީހާގެ ސާމްޕަލް ނަގައިފައެވެ. ނަމަވެސް އަދި ނަތީޖާ ހާމަކޮށްފައެއް ނުވެއެވެ.