ރޭޕްގެ މައްސަލަ ތަކާގުޅޭ އެކި އެކި ފަރާތްތަކަށް ހައްގު ދައުވާ އުފުލި، އެ ފަރާތްތަކަށް ހައްގު އުގޫބާތް ދެވޭނެ އިންތިޒާމު ހަމަޖައްސައި ބެލެހެއްޓުމަކީ، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މިހެން ވިދާޅުވީ، މިމަހު 16 ވަނަ ދުވަހުގެ ރޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ގަދަކަމުން ގެންގޮސް ބަޔަކު ރޭޕްކުރި މައްސަލައާއި މިދިޔަ މާޗުމަހު ރަށެއްގައި 14 އަހަރުގެ ކުޑަ ކުއްޖަކު ގަދަކަމުން ރޭޕްކުރި މައްސަލަ ކުރިއަށްދާ ގޮތް ފާހަގަ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިމަގު 16 ގައި މަގުމަތިން ހިނގާފައި ދިޔަ އަންހެއް ކުއްޖެއް، ގަދަކަމުން ގެންގޮސް އޭނާގެ އިއްފަތްތެރިކަން ނަގައިލި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިދިޔަ މާޗް މަހު ރަށެއްގައި، 14 އަހަރުގެ ކުޑަ ކުއްޖެއްގެ އިއްފަތްތެރިކަން ގަދަކަމުން ނަގައިލި ކަމުގެ މައްސަލައިގައި، ޖެންޑާ މިނިސްޓަރާއި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި، ހިއުމަންރައިޓްސް ކޮމިޝަންގެ ބޭފުޅުން ރައްިޔތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިކޮށް މައްސަލަ ބަލާފައިވާ ކަމަށާއި، ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ފުލުހެއް، ޝާމިލު ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މައްސަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް