ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާ ހަތް ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވުމަށްފަހު، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހެޅި ދައުލަތުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބަޖެޓް ހުށަހެޅުއްވުމުން އެކަމަށް ޝުކުރު އަދާކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވި، މިއަދު ހުށަހެޅި ބަޖެޓަކީ، ދިވެހީންގެ ދިވެހި ރާއްޖެއެއް ބިނާކޮށްދެއްވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، ދިވެހިންގެ މާދަމާގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ކަށަވަރުކޮށްދެއްވުމަށް ހުށަހެޅުއްވި ބަޖެޓެއް ކަމަށެވެ.
އެފަދަ ބަޖެޓެއް ހުށަހެޅުއްވި ކަމަށްޓަކައި މަޖިލިސް މެންބަރުންގެ ނަމުގައި މަޖިލިސް ރައީސް ވަނީ ފިނޭންސް މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި ބަޖެޓް ބަހުސް ފެށޭނީ، މަޖިލީހަށް ބަޖެޓް ހުށަހަޅާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް މެންބަރުންނަށް ދިނުމަށް ފަހުގައެވެ.
އެހެންކަމުން އެ ހަތް ދުވަަހަށްފަހު މަޖިިލިސް ޖަލްސާއަށް ބަޖެޓް ބަހުސް އެޖެންޑާ ކުރައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ހުށަހެޅުއްްވީ 59.7 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ 2027 ވަނަ އަހރުގެ ބަޖެޓްގެ އެންމެހާ އަސާސްތައް ބައްޓަން ކޮށްފައި ވަނީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަށައަޅުއްވާފައިވާ ތަސައްވުރު ހާސިލް ކުރެވޭނެފަދަ ގޮތަކަށް ކަމަށެވެެ.
އިބްރާހިމް ޒަކީ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް