ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅާލައި، 100،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 10:00 ހާއިރު ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ފައިސާގެ އިތުރުން އިތުރު އެއްވެސް އެއްޗެއް ވަގަށް ގެންދިޔަ ކަމެއް ނޭނގެއެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ ވައްކަން ކޮށްފައިވަނީ އޯކިޑް މަގުގައި ހުންނަ އެމްއެންއެސްއެލް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އާރުޑީސީގެ އޮފީސް ފެންލައިޓު ހަލާކު ކޮށްލައިގެން ވަދެ ކަމަށް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު