ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި ވަގުތު ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފޒްނާ އަހުމަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރައީސް އޮފީހުން ރޭ ވަނީ ބުނެފަ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ ދެކަނބަލުންނާއި ބޭފުޅުން ކޮވިޑަށް ޓެސްޓު ހެއްދެވި ކަމަށާއި ޕޮޒިޓިވް ވެފައި ވަނީ މެޑަމް ފަޒްނާ އެކަނި ކަމަށެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބުރޫކް މިއަދު ވިދާޅުވީ، ޑައިރެކްޓް ކޮންޓެކްޓަކަށް ރައީސް ސޯލިހު ވާތީ، އެޗްޕީއޭގެ ގައިޑްލައިންގައި އޮންނަ ގޮތަށް ކަރަންޓީނު މުއްދަތު ފުރިހަމަ ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައީސް ސޯލިހުގެ ދެކަނބަލުންގެ ސެކިއުރިޓީ ބޭފުޅުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުން ތިބުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ ކަމަށާއި އެހެން ނަމަވެސް ޑައިރެކްޓް ކޮންޓެކްޓެއް ހުރި ނަމަ އެ ހުރިހައި ބޭފުޅުން ވެސް ގައިޑްލައިން ތަކާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށެވެ. މިހާރު އެކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ވެސް މަބްރޫކު ވިދާޅުވި އެވެ.
މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިިވް ވީ އިރު، އެކަމަނާގެ ކޮއްކޮ ނަޒީހާ އަހުމަދު ގެ ފިރިކަލުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ އާއިލާއާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަޒީހާ ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު