ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް މިއަދު ނިންމައިފިއެވެ.
ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް (މިނިސްޓްރީ) އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން ފަހިކޮށްދޭ ފުރުސަތެއް ކަމަށެވެ.
މި ހިދުމަތުގެ ދަށުން، ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ހިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، އެ ފައިސާ ޑޮލަރުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.
މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ހިދުމަތް ދޭން ފެށުމުގެ މަސައްކަތްތައް ބީއެމްއެލުން މިހާރު ދަނީ ކުރަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް