ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ "ވަން" އަށް ބުނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވުމަށް ރައީސް ޔާމީން މިރޭ މާލެ ގެނެސްފައިވާ ކަމަށެވެ. އަދި ވެކްސިން ޖެއްސެވުމަށް އެމަނިކުފާނު ގެންގޮސްފައިވަނީ އައިޖީއެމްއެޗަށް ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ކޮވިޑް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާފައިވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު އަނބުރާ މާފުއްޓަށް ގެންގޮސްފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން އިންކާރު ކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފު ނުވާ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވަން ދެކޮޅު ހައްދާވާފައިވާ އިރު، އިދިކޮޅު ބައެއް އިސްވެރިން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ވެކްސިން ޖައްސަވައިފައެވެ.
މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ވެކްސިން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު