ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ހާނީއްކަ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ފޮޓޯ އާންމު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުން ވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާ ކަމަށެވެ.
މި މައްސަލާގައި ފުލުހަށް ހާޒިރުވާން އަންގާ ފޮޓޯ އާއި ވަނަވަރު އާންމުކޮށްފައިވަނީ، ތ. ތިމަރަފުށި/އަސަރީގެ، ހަސަން ނިޒާރު (59އ) އެވެ.
ފުލުހުން ބުނީ މި މީހާ ހާޒިރުވާން އަންގާފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު