ރ. އަލިފުށިވެސް މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.
އަލިފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރ. އުނގޫފާރުގައި އުފެދުނު ކޮވިޑް ކްލަސްޓާއާ ގުޅުން ހުރި މީހަކު، އަލިފުށިން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަލިފުށި މޮނީޓަރިންގެ ހާލަތުން ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަލިފުށިން ޕޮޒިޓިވްވީ އެންމެ މީހެކެވެ. ނަމަވެސް ފަހުން އެރަށުން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައެވެ.
އަލިފުށި މޮނީޓަރިންގެ ހާލަތުން ނަގާފައިވާއިރު، އެ އަތޮޅު މަޑުއްވަރީ އާއި އުނގޫފާރުވެސް ވަނީ އާންމު ހާލަތަށް ގެނެސްފައެވެ. އުނގޫފާރު ކުލާސްޓާއާ ގުޅިގެން ކ. ދިއްފުއްޓާއި ޅ. ނައިފަރު އަދި ރ. ހުޅުދުއްފާރު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު