ނ. މަނަދޫ އާ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެކަން ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗެއާމަން މުހައްމަދު ފަހީމާއި ސީއީއޯ އާދަމް އާޒިމާއި އެ ކުންފުނީގެ އިސްވެރިންނާއި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނާއި މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަނަދޫ އާ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން 29،038 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 290 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި ދެ މީޓަރު 244 މީޓަރުގެ ބްރިޖެއް އެޅުމާއި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޖުމުލަ 11.29 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 300 ދުވަސް ތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު