ކަމެއް ދިމާވާއިރަށް، މިއަދު ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް، އަދި މާދަމާ ސިވިލްއޭވިއޭޝަން އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ، ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ސިވިލްއޭވިއޭޝަންގެ ގާނޫނު އުވާލައި ސިވިލްއޭވިއޭޝަން އޮތީރިޓީ އުވާލައި އެތަނުގެ ތަކެއްޗާއި މުވައްޒަފުންނާއި ބާރުތައް ޓްރާންސްޕޯޓް މިނިސްޓީއަށް ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހުށަހެޅުއްވި މބިލުގެ ބަހުސްގައި ހަސަން އަފީފު ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީއަކީ ވަރަށް ކުރީއްސުރެ ގާއިމް ވެ ހިނގަމުން އަންނަ އިދާރާއެއް ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައި އެ އޮތޯރިޓީއަށް ބޮޑެތި ބާރުތައް ދީފައިވާ ކަމަށެެވެ.
އަފީފު ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރީގެ މަސައްކަތަކީ، އެއްގަމު ދަތުރުފަތުރާއި ކަނޑު ދަތުރުފަތުރުގެ ކަންކަން ބެލުމާއި އެކަންތައްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށްވާއިރު، އެތޮރިޓީ އުވާލަން ޖެހޭ މަސައްލައަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށެވެ.
އެ އޮތޯރިޓީ އުވައިލުމަކުން މައްލަސަތައް ހައްލެއް ނުވާނެ ކަމަށާއި، އަސްލު މައްސަލައަކީ އެތާ ތިބޭ މީހުން ކަމަށް އަފީފު ވިދާޅުވިއެވެ.
މައްސަލަ ނިކުންނަނީ އެތާ ތިބޭ މީހުން ކަން ކުރާ ގޮތުން ކަމަށްވާއިރު، އެ މުވައްޒަފުންނާއި ވަސީލަތްތައް އެހެން ތަނަކަށް ބަދަލު ކުރުމަކީ މައްސަލަތަކަށް މާބޮޑު ބަދަލެއް އަންނާނާނެ ކަމެއް ކަމަށް ނުފެންނަ ކަމަށްވެސް އަފީފު ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ ކަންކުރަނީ މުއައްސަސާ އާއި އެ މުއައްސަސާތަކުގައި ހުންނަ ގޮނޑިމޭޒު ނޫން ކަމަށާއި، އެތާ ތިބޭ މީހުން ކަމުން، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ނުކުރާ މީހުން މަގާމުތަކުން ދުރުކުރެވިދާނެ ކަމަށެވެ.
"އެތަނުގެ މުވައްޒަފުންނަކީ މިނިސްޓަރު އަންގަވާ ގޮތަށް ނޫނީ ސަރުކާރުން ކަނޑައަޅާފައި އޮތް ސިޔާސަތު ތަކާ އެއްގޮތަށް މަސައްކަތް ނުކުރާ ބަޔަކަށް ވަންޏާ، ނުވަތަ އެމީހުންނަކީ ކޮރަޕްޝަން ހިންގާ ބަޔަކަށް ވަންޏާ އެމީން މަގާމުން ދުރުކުރެވިދާނެ، އެ އޮފީހާ ގޮނޑި މޭޒެއް ނޫން ކަންކުރަނީ، އެތާ ތިބޭ މީހުން އެހެންވީމާ އެތާ ތިބޭ މީހުން އިސްލާހު ވެގެން ކަންތައްތައް އިސްލާހުވާނީ،" އަފީފު ވިދާޅުވިއެވެ.
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު