ސ. މަރަދޫ، މަރަދޫފޭދޫ އަދި ސ. ފޭދޫގެ ނަރުދަމާ މަޝްރޫއުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.
ސ. ފޭދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އާއި ޕްލޭނިންގް މިނިސްޓްރީގެ އިސްވެރިންނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން، 9،781 ގެއަށް ހޮޅި ގުޅައިދިނުމާއި 52233 ނަރުދަމާ ހޮޅި ވަޅުލުމާއި 314 މޭންހޯލް ކޮނުމާއި 5958 ޕްރެޝަރު ހޮޅި ވަޅުލުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
އެންވަޔަރުމަންޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ 581.129 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު