ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހުތުރު ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި މި ސަރުކާރުގެ ކުރީގެ ސިޔާސީ ބައެއް މަގާމުތައް ފުރާފައިވާ އީޝާ އަޝްރަފްގެ މައްޗަށް އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތު ފުރަތަމަ އަޑުއެހުން ސިއްރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ހެނދުނު 10:00 ފެށި އެ މައްސަލައިގެ ޝަރީއަތް ދައުލަތުން އެދިގެން ވަނީ ސިއްރުކޮށްފައެވެ.
އެ އަޑުއެހުން ކުރިއަށް ގެންދަނީ ކްރިމިނަލް ކޯޓުގެ ބީ1 ސެކްޝަންގައެވެ. އެ ޝެކްޝަން ހިންގަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.
ޑޮކިއުމަންޓަރީގެ ތަހުގީގަށް އީޝާ މީގެ ކުރިން ފުލުހަށް ހާޒިރުކޮށްފައިވެސް ވެއެވެ. އަދި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން ވެސް ވަނީ މަނާކޮށްފައެވެ.
ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ވަނީ ގަޒުފުގެ ދައުވާ އުފުލައިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ މި ޑޮކިއުމަންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް "ގެގް" އަމުރެއް ވެސް ނެރެފައެވެ. އެ އަމުރާ ހިލާފުވި، އަަދަދުގެ ދެ ނޫސްވެރިޔަކު "ކޯޓުގެ ހުރުމަތް ކެނޑި ކަމަށް" ނިންމައި ޖަލަށްވެސް ލިއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް