ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަށް، ކުރީގެ ރައީސުންގެ ތެރެއިން އެންމެ ބޮޑަށް ތާއީދު ކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ، އީގަލް ހިލްސް ކުންފުންނާއެކު، ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ މިދިޔަ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ރައީސެއް، ނާއިބު ރައީސެއް، އެމްޑީޕީއަކު މިހާރަކު ނެތް ކަމަށެވެ. އެހެން ކަމުން ޕާޓީގެ ހުރީހާވެސް މީހަކީ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދެވެ.
އެހެންކަމުން ފަލާހު ވިދާޅުވީ، މި ކުއްލި މައްސަލަ އެމްޑީޕީ މެންބަރުން މަޖިލީހަށް ހުށަހެޅުއްވީ، އެބޭފުޅުންނާ މެދު އެމްޑީޕީ ކޮންގްރެެސްގައި ކަންތައް ވެގެންދިޔަ ގޮތުންނާއި ރަސްމާލެ މަޝްރޫއަށް ރައީސް ނަޝީދު ތާއީދު ކުރައްވާތީ، ނަޝީދަށް އެއްޗެހި ގޮވުމުގެ ގޮތުން ކަމަށެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް