ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް ކުންފުންނާއެކު، ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތުދޭން ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
ބަހުސްގެ މުއްދަތު އިތުރު ނުކުރާނަމަ މަޖިލިސް ގަވާއިދުގައިވާ ގޮތުން ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ގެންދެވޭނީ އެއްގަޑިއިރަށެވެ.
ނަމަވެސް މި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެންބަރުންނަށް ފުރުސަތު ލިބޭގޮތަށް މައްސަލައިގެ ބަހުސްގެ ވަގުތު އިތުރު ކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.
ބަހުސްގެ މުއްދަތު އިތުރުކުރަން ފާސްކުރީ އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެެރެއިން 26 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް