ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. މި މަޝްރޫއުގެ

އަމަލީ މަސައްކަތް ފެށުމަށް މިއަދު ސ. ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރުން

ކަމުގައިވާ، މުހައްމަދު އަސްލަމް، އަހުމަދު ރަޝީދު، އިބްރާހިމް ނާޒިލް ގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އިސްވެރީންނާއި އަދި އައްޑޫ ސިޓީ ކައުންސިލްގެ ރައީސާއި މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 297،234 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު

ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި،

1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް

ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކުރި މި

މަޝްރޫއަކީ 43.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު 365 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.