ޚަބަރު

މަރުވެފައި ވަނިކޮށް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މަރުވެފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ދިވެހި ފިރިހެނެކެވެ. އުމުރެއް އަދި ސާފެއް ނުވެ އެވެ. އަދި އޭނާގެ ޖަނާޒާގެ ކަންކަން، ކޮވިޑުގައި މަރުވާ މީހުން ވަޅުލާ ހުޅުމާލެ ސަހަރާގައި އަންނަނީ ހަމަޖައްސަމުންނެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެތް ކަމެއް އަދި ސާފެއް ނުވެ އެވެ. އަދި އެއީ ކޮވިޑު މަރެއް ކަމެއް ވެސް އަދި ނިންމާފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމުން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

ކޮވިޑު ބަލީގައި ރާއްޖޭގައި މިހާތަނަށް މަރުވެފަައިވަނީ 66 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.