ޅ. އޮޅުވެލިފުށިން މީހަކު ޕޮޒިޓިވްވެ، ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ޅ. އަތޮޅުން އޮޅުވެލިފުށީގެ އިތުރުން ނައިފަރާއި ހިންނަވަރު އަދި ފެލިވަރު ވެސް އޮތީ މޮނީޓަރިންގައެވެ. އެ އަތޮޅުން މޮނީޓަރިންގައި ނެތް ހަމައެކަނި ރަށަކީ ކުރެންދޫއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އޮޅުވެލިފުށިން މިއަދު އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށްވެސް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް 121 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅު ތެރެއިންނެވެ.