ގދ. ތިނަދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލީގެ އަލާމާތްތައް ހުރެގެން ހޮސްޕިޓަލަށް ދެއްކި ފަސް މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކަރަންޓީން ފުރިހަމަކޮށްފައި ނެގި ސާމްޕަލެއްވެސް މިއަދު ޕޮޒިޓިވެފައިވާ ކަމަށެވެ. އެ ކޭސްތަކާ ގުޅިގެން މިއަދު އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި ސާމްޕަލްތަކަކާއި ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި ފަރާތެއް ހިމެނޭހެން އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން ޖުމްލަ ހަ ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް އަންގަން އެދިފައެވެ.
މިދިޔަ މަހުވެސް އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އައްޑޫ ސިޓީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހަކު ތިނަދޫގައި ހުއްޓައި ޕޮޒިޓިވްވުމާ ގުޅިގެން މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު