ރާއްޖެއިން ގަންނަ ނިންމާފައިވާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް މި ހަފުތާގައި ލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިންގެ 300،000 ޑޯޒް ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ޗައިނާ އިން ހިލޭ ދޭ ވެކްސިން ހަދިޔާކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ އިންޑިއާ އިން ކޮވިޝިލްޑް ވެކްސިން އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ދިމާވެފައިވަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ހަފުތާގެ ތެރޭގައި ރާއްޖެއަށް ވެކްސިންގެ 100،000 ޑޯޒް އިންޑިއާ އިން ލިބޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން މިއަދު ހެނދުނު ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި އެއްވެސް ދަތިކަމެއް ނެތި އިތުރު އެއް ލައްކަ ޑޯޒު ވެސް ވެސް ރާއްޖެ ފޮނުއްވައި ދެއްވާނެ ކަމަށް އިންޑިއާ އިން ބުނެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގައި މިދިޔަ ފެބްރުއަރީ މަހުގެ އެކެއްގައި ކޮވިޑް ވެކްސިންގެ ޕްރޮގްރާމް ފެށީ ވެސް ވެސް އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނުންނެވެ. އޭގެ ފަހުން އެ ގައުމުން އިތުރު 100،000 ޑޯޒު ދީފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު