ކޮވިޑް ކޭސްއަކާ ގުޅިގެން ގއ. ވިލިނގިލި އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެރަށު ކައުންސިލް މެމްބަރު ހަބީބު ހަސަން މިރޭ "ވަން" އަށް ވިދާޅުވީ ހާއްސަ ހުއްދައިގެ ދަށުން ދިޔަ ޓީމެއްގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ އަންހެން މީހާ އެރަށުގައި ދެ ދުވަހު މަޑުކޮށްފައިވާ ކަމަށެވެ.
އޭނާ ޕޮޒިޓިވްވެފައިވަނީ އެރަށުގައި ހުރުމަށްފަހު، މާލެ ދިޔަ ފަހުން ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ގއ. ދެއްވަދޫގެ ކޭސްއާ ގުޅިގެން ގއ. ވިލިނގިލި ވަނީ މިދިޔަ ޖެނުއަރީ މަހުވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެފަހަރު އެރަށުން ދެ މީހަކު ޕޮޒިޓިވްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު